ރާއްޖޭގައި ބަރަހަނާ ސައިޓުތަކަށް ނުވަދެވޭ ގޮތަށް އެ ސައިޓުތައް ބްލޮކްކޮށްފިއެވެ.

ރާއްޖޭގައި ބަރަހާނާ ވެބްސައިޓް ތަކަށް ނުވަދެވޭ ގޮތް ހެދީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އަށް އެކަން އެގޮތަށް ކުރުމަށް ސަރުކާރުން އެންގި އެންގުމަކާއި ގުޅިގެންނެެވެ.

ސަރުކާރުގެ އެންގުމާއި ގުޅިގެން އެފަދަ ހުރިހާ ވެބްސައިޓްތަކެއް މިހާރު ބްލޮކްކޮށް ރާއްޖޭގެ އެއްވެސް ނެޓްވޯކެއް މެދުވެރިކޮށް އެ ފަދަ ސައިޓުތަކަށް ނުވަދެވޭގޮތް މިހާރު ވަނީ ހަދާފައެވެ. މި ނިންމުމާއެކު އެފަދަ ސައިޓެއް ރާއްޖޭގައި ލޯޑު ވެސް ނުކުރެވޭނެއެވެ.

މިއީ މިފަަދަ ނިންމުމަކަށް ރާއްޖޭގައި އަމަލުކުރަން ފެށި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މި ނިންމުމާ މެދު ސަރުކާރުގެ ރަސްމީ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. އަދި ރާއްޖޭގެ މުވާސަލާތީ ހިދުމަތް ދޭ ދެ ނެޓްވޯކް ޕްރޮވައިޑަރުން ކަމަށްވާ ދިރާގާއި އުރީދޫ މޯލްޑިވިސް އިން ވެސް މިހާތަނަށް މިކަމުގައި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި ބަރަހަނާ ސައިޓް ތަކަށް ނުވަދެވޭ ގޮތް ހެދުމަށް ބައެއް ދީނީ ޢިލްމުވެރިން މީގެކުރީގެ ސަރުކާރުތަކަށް ގޮވާލަފައި ވީނަމަވެސް އެކި ކަހަލަ ބަހަނާތައް ދައްކައިގެން އެކަން ކުރުމަށް ވަނީ އުޒުރުވެރިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން