އަހުމަދު މަސްނޫމް   16 ޑިސެމްބަރު 2023 - 17:47
މާލޭ ސިޓީގެ މޭޔަރު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފިއެވެ.

މާލެ ސިޓީގެ މޭޔަރަކަށް ހުންނެވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބުވެވަޑައިގަތުމާއި ގުޅިގެން މާލެ ސިޓީ މޭޔަރު ބައި އިލެކްޝަނަށް ހުޅުވާލީ ނޮވެންބަރުމަހުގެ 28 ގައެވެ. އެކަމަށް ހުޅުވާލީ މުއްދަތު ހަމަވިއިރު 5 ކެންޑިޑޭޓަކު އިންތިހާބުގައި ވާދަކުރުމަށް ނަން ހުށަހަޅާފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އަންނަމަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޭޔަރުގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް އިއުލާންކޮށް، ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފައެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މޭޔަރު އިންތިހާބުކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ވާދަކުރައްވާ 5 ކެނޑިޑޭޓުންވެސް ބައިވެރިވިއެވެ.

މާލޭ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ، ކެނޑިޑޭޓް ނަމްބަރު:

ކެންޑިޑޭޓް ނަންބަރު 1: ޝުޢައިބު ޢަލީ/ އަމިއްލަ ގޮތުން

ކެންޑިޑޭޓް ނަންބަރު 2: ޙުސައިން ވަހީދު / އަމިއްލަ ގޮތުން

ކެންޑިޑޭޓް ނަންބަރު 3: ޢާއިޝަތު ޢާޒިމާ ޝަކޫރު / ޕީއެންސީ

ކެންޑިޑޭޓް ނަންބަރު 4: އާދަމް ޢާޒިމް / އެމްޑީޕީ

ކެންޑިޑޭޓް ނަންބަރު 5: ސައިފް ފާތިހު / ދަ ޑިމޮކްރެޓްސް

މޭޔަރު އިންތިޚާބުގެ އިތުރުން، މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ 3 ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައްވެސް ރަސްމީކޮށް އިޢުލާނުކޮށް، ކެންޑިޑޭޓުންގެ ނަންތައް ވަނި ތަރުތީބުކޮށްފައެވެ.

ސިޓީ ކައުންސިލުން ހުސްވެފައިވާ 3 ދާއިރާއަކީ ހެންވޭރު ދެކުނާއި، މާފަންނު ދެކުނުގެ އިތުރުން މެދު ހެންވޭރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން