ކުރޫޒު ލައިންތަކާ ގުޅޭގޮތުން ނިމިދިޔަ ސަރުކާރުން ހަދާފައިވާ ގަވާޢިދު އިސްލާޙުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓުއަރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ޤަވާއިދު އިސްލާމް ކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް މިނިސްޓަރ ހާމަކުރެއްވީ ކްރޫޒްޝިޕްތަކުގެ ވަކިވަކި ފަސިންޖަރުން ހޭދަކުރާ ކޮޓަރިތަކުން ޖީއެސްޓީ ނަގަން ނިމިދިޔަ ސަރުކާރުން ނިންމާފައިވަނިކޮށެވެ. ކުރީ ސަރުކާރުގެ އެ ނިންމުމާގުޅިގެން ކްރޫޒްލައިނާތައް ރާއްޖެ އައުމުގެ ފުރުޞަތު ކުޑަވެ، ފަތުރުވެރިކަމުގެ ސިނާއަތަށް ގެއްލުން ވަމުންދާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓް (މާޔާ) އިން ވަނީ ފާހަގަކޮށްފައެވެ. މާޔާއިން ހާމަކުރާގޮތުގައި މި މަހުން ފެށިގެން އަމަލުކުރަން ފެށި އެޤަވާއިދުގެ ސަބަބުން ރާއްޖެއަށް ދަތުރުކުރަން މީގެ ކުރިން ޝެޑިއުލްކުރި ކްރޫޒް ލައިނާތައް އެހެން ޤައުމުތަކަށް ދާން ވަނީ ފަށާފައެވެ.



ކޮންމެ ކޮޓަރިއެއްގައި ފަސިންޖަރުން ހޭދަކުރާ ދުވަހެއްގެ ރޭޓުން ޖީއެސްޓީ އަށް 16 ޕަސެންޓު ދައްކަން ޖެހޭ ކަމަށް މިދިޔަ ސެޕްޓެމްބަރ މަހު ޢާންމުކުރި ޤަވާއިދުގައި ބުނެފައި ވެއެވެ. މި ޤަވާއިދު އިސްލާހު ނުކުރާ ނަމަ ކްރޫޒް ލައިނާތައް ރާއްޖެއަށް ނާންނާނެ ކަމަށް މާޔާގެ އޮފިޝަލަކު ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން