އަމީނީ މަގު ހެދުމުގެ މަޝްރޫޢުގެ އެންމެ ފަހުގެ މަސައްކަތްތައް ކޮންސްޓްރަކްޝަނާއި ބެހޭ މިނިސްޓްރީގެ އިސް ބޭފުޅުން މިއަދު ބައްލަވާލައްވައިފިއެވެ.

އަމީނީ މަގު ހެދުމުގެ މަޝްރޫޢުގެ އެންމެ ފަހުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް އަދި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން މިއަދު ވަނީ މަސައްކަތް ކުރިއަށްދާ ސަރަހައްދަށް ވަޑައިގަންނަވާފައެވެ.



މިހާރު އާރްޑީސީން ދަނީ އަމީނީ މަގު ހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްގެންދިއުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްގެންގޮސް ނިންމާފައިވަނީ ސެގްމަންޓް 11 އެވެ.

މިހާރު އާރްޑީސީން ދަނީ އަމީނީ މަގުގެ އެންމެ ފަހު ސެގަމަންޓް، 12 އަދި 13 ނިންމުމުގެ މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން