އަހުމަދު މަސްނޫމް   16 ޑިސެމްބަރު 2023 - 22:45
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މަޤާމުން ވަކިކުރަން ބޭނުންވާވަރަށް ސޮއި ހަމަކޮށްފައިވާކަމަށް އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން މަސައްކަތްކުރާ ފަރާތްތަކުން ބުނެފިއެވެ.

ރައީސް ބައްސާމުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ކުލަބުތަކުގެ ސޮއި ހޯދުމުގެ މަސައްކަތް ފަށާފައިވަނީ އެފްއޭއެމްގެ ކުރީގެ ރައީސް އަހުމަތު ތާރިޤް، ޓޮމް އިސްކޮށް ހުންނަވައިގެނެވެ. އެ މަސައްކަތް ޓޮމް ފެށީ އެފްއޭއެމްގެ ހިންގުން ބޮއްސުންލައިގެން ގޮސް، އެ އިދާރާ މާލީ ބޮޑު އަނދަވަޅަކަށް ވެއްޓުމުންނެވެ. އަދި ކޮަރަޕްޝަންގެ ގިނަ ތުހުމަތުތަކެއްވެސް އެ އިދާރާގެ ވެރިންގެ މައްޗަށް ދަނީ ކުރަމުންުނެވެ.

އުސޫލުތައް އޮންނަގޮތުން އެސޯސިއޭޝަންގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅޭނީ އެފްއޭއެމްގެ މެންބަރު ކްލަބްތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ކްލަބްތައް އެކަމަށް ތާއީދުކުރުމުންނެވެ.

ބައްސާމް މަޤާމުން ވަކިކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅޭ އޮފިޝަލަކު ބުނީ ބައްސާމް މަޤާމުން ވަކިކުރަން ބޭނުންވާވަރަށް ކްލަބްތަކުގެ ސޮއި ހަމަކުރެވިފައިވާކަމަށެވެ. އެގޮތުން އެފްއޭއެމްގެ މެންބަރުގެ ގޮތުގައި ހިމެނޭ ކްލަބްތަކުގެ ތެރެއިން ބޮޑުބައެއެް ސޮއިކޮށްފައިވާކަމަށް އޭނާ ބުންޏެވެ.

ބައްސާމް ވަކިކުރަން ބޭނުންވާވަރަށް ސޮއި ހަމަކޮށްފައިވާއިރު، މާދަމާ އެމައްސަލަ ވެއްދުމަށް މަސައްކަތްކުރަމުންދާކަމަށް އޮފިޝަލް ބުންޏެވެ.

ބައްސާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުން ހާއްސަ ކޮންގްރެސްއެއް ބާއްވައި އެ މައްސަލަ އެޖެންޑާކޮށް ވޯޓަށް އަހަން ޖެހޭނެއެވެ.

ބައްސާމްގެ ވަކިކުރުމުގެ މަސައްކަތުގައި ޓޮމް އިސްކޮށް އުޅުއްވާއިރު، ޢޭނާ ވަނީ އެފްއޭއެމްގެ ރައީސްގެ މަޤާމަށް ޝަޢުޤުވެރިކަންވެސް ފާޅުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން