ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙް މިއަދު އަވަހާރަވުމުގެ ހިތާމައިގައި، ޑިސެންބަރު 17 ވާ އާދީއްތަ ދުވަހުން ފެށިގެން ޑިސެންބަރު 19 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.

މިއަދުގެ ވަގުުތެއްގައި ނަވާފް އަވަހާރަވީ އުމުރުފުޅުން 86 އަހަރުގައެވެ. ކުވައިތުގެ އަމީރު އަވަހާރަވި ސަބަބެއް އެޤައުމުން ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް، މިދިޔަ ނޮވެންބަރުމަހު އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންނެވި ކުއްލި އާލާސްކަންފުޅަކާ ގުޅިގެން ހޮސްޕިޓަލުގައި އެނދުމަތިކޮށްފަވެއެވެ. ބޭސްފަރުވާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް އެމަނިކުފާނުގެ ބަލިޙާލަތާއި ބެހޭގޮތުން ކުވެއިތުން އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ނަވާފަށް ވަލީއަހުދުކަން ލިބިވަޑައިގަތީ ނަވާފްގެ ބޭބޭފުޅު ޝައިޚް ސަބާހުލް އަހްމަދު ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެން 2020 ވަނަ އަހަރުއެވެ.

ނަވާފް އަވަހާރަވުމާއި ގުޅިގެން ވަލީއުލްއަހްދު ޝައިޚް މިޝްޢަލް އަލްއަހްމަދު އަލްޖާބިރު އައްސަބާހު ކުވައިތުގެ އަމީރުކަމަށް އިސްކުރައްވާނެ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން