މިއަދު ބޭއްވި އދ.ހައްޏާމީދޫގެ ރަށު ކައުންސިލްގެ ބައި އިލެކްޝަން އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް މުޙައްމަދު ޔާސިރު ކާމިޔާބުކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ބާއްވާފައިވަނީ ހއ. ކެލާ، ނ. މާފަރު އަދި އދ. ހަންޏާމީދޫ ކައުންސިލުގެ ހުސްވެފައިވާ ގޮނޑިތަކުގެ ބައި އިލެކްޝަނެވެ.

އެގޮތުން ހަންޏާމީދޫގެ ބައި އިލެކްޝަންގައި ޕީޕީއެމް-ޕީއެންސީގެ ފަރާތުން މުހައްމަދު ވަހީދު، ވާދަކުރެއްވިއިރު އެ އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ އަމިއްލަގޮތުން ވާދަކުރެއްވި މުހައްމަދު ޔާސިރު، އެެވެ.

އިންތިޚާބުން އަމިއްލަގޮތުން ވާދަކުރެއްވި މުހައްމަދު އިންތިހާބު ކާމިޔާބުކުރެއްވީ 212 ވޯޓު ހޯދައިގެންނެވެެ.

އިންތިހާބުން ނާކާމިޔާބުވި ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ވަހީދަށް ލިބިވަޑައިގެންނެވީ 169 ވޯޓެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ މި އިންތިޚާބުގައި ޖުމްލަ 389 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށެވެ. މި އިންތިހާބުގައި ޖުމްލަ 8 ވޯޓު ބާތިލްވެފައިވާ ކަމަށް ވަގުތީ ނަތީޖާ އިން ދައްކައެވެ.

މިއަދު ބޭއްްވި ބައި އިލެކްޝަނަކީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ބޭއްވި ފުރަތަމަ އިންތިހާބެެވެ.


ކިޔުންތެރިންގެ ހިޔާލު


4

ކާސިމް

17-Dec-2023

ދެން ހުރި ދެދާއިރާގެ އިލެކްޝަން އެއްވެސް ޕާޓީއަކަށް ނުލިބުނުދެއްތޯ😁



ޓްރެންޑިން