ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙަކީ ރާއްޖެއާއި ކުވޭތުގެ ގުޅުން ބަދަހިކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވުމުގެ ހިތާމައިގައި ފޮނުއްވި ތައުޒިޔާގެ މެސެޖެއްގައެވެ.



ރައީސްގެ މެސެޖުގައި ވަނީ ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވުމުގެ ހިތާމައިގައި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންނާއި ކުވެއިތުގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފައެވެ. އަދި ރާއްޖެއާއި ކުވޭތުގެ ގުޅުން ބަދަހިކުރުމަށް މުހިއްމު މަސައްކަތްތަކެއް ޝައިހް ނަވާފު ކުރެއްވިކަމަށް ވިދާޅުވެ ރައީސް ވަނީ އެކަން ފާހަަގަވެސް ކުރައްވާފައެވެ.

ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙް މިއަދު އަވަހާރަވުމުގެ ހިތާމައިގައި، 2023 ޑިސެންބަރު 17 ވާ އާދީއްތަ ދުވަހުން ފެށިގެން 2023 ޑިސެންބަރު 19 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

އުމުރުން 86 އަހަރުގެ ޝައިހް ނަވާފު އަވަހާރަވީ މިއަދުގެ ވަގުތެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން