ހުރަވީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ދިވެހި ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ގާސިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ 1166 ޖުމާދަލްއާޚިރާ މަހުގެ 3 ވީ އާދީއްތަ ވިލޭރޭގެ މެންދަމު މުނާޖާގެ ވަގުތުގެ ކުރީން ވެޔޮދޮށު ގަނޑުވަރުގެ ދޮރާށި ހުޅުއްވައި އެ ގަނޑުވަރަށް ވަދެވަޑައިގެން މަލާބާރީންނާ ހަނގުރާމަ ކުރައްވައި އެމީހުން ބަލިކުރައްވާ މަލަބާރުންގެ އަނިޔާވެރި (3 މަހާ 20 ދުވަސްވީ) އަޅުވެތި ކަމުން ރާއްޖެ ސަލާމަތް ކުރެއްވި ޣާޒީ ޙަސަން ޢިއްޒުއްދީން 1، ދޮންބަންޑާރައިންނާއި، އެމަނިކުފާނުގެ ހިތްވަރުގަދަ 4 އެކުވެރީންނާއި، އެހެނިހެން ބަޠަލުންގެ ޒިކުރާ އާ ކުރައްވާފައެވެ.



އެއާއެކު، ހުރަވީ ދުވަހަށް ނިޞްބަތްވާ ބަޠަލު އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (1 ވަނަ) އަދި ހުރަވީ ދުވަހުގެ އެންމެހާ ބަޠަލުންނަށް ކީރިތި الله ހެޔޮ ރަޙްމަތް ލައްވާ، ސުވަރުގޭގެ މަތިވެރި ނިޢުމަތުގައި ލެހެއްޓެވުމަށާއި އެބަޠަލުން ގެނެސްދެއްވި މިނިވަންކަމާއި ޤައުމިއްޔަތު ދެމެހެއްޓުމުގެ ބާރާއި ޖޯޝް ދިވެހި ހިތްތަކުގައި ދިރުވައި އާލާ ކުރުމުގެ ތައުފީޤު މިންވަރު ކުރެއްވުމަށް އެދި ވަޑައިގެން ގާސިމް ވަނީ ދުޢާ ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން