ރާއްޖެއަށް މިހާރު ފެންނަ ލަދުހުތުރު މަންޒަރުތައް ދައްކުވައިދޭ ވެބްސައިޓުތައް އަންނަ ހަފުތާއިންފެށިގެން މުޅިން ބަންދުކޮށްލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ހުރަވީ ދުވަހުގެ މުނާސަބާތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ވެބްސައިޓް ތަކަށް ވަދެ ލަދުހުތުރު މަންޒަރުތައް ބެލުމަކީ ގާނޫނުން މަނާކަމެއް ކަމަށެވެ. އަދި ގައުމުގެ ވެރިޔާގެ ހައިސިއްޔަތުން އެފަދަ ނާތަހުޒީބު ދޮރުތައް ބަންދުކުރުމަކީ އެމަނިކުފާނުގެ މައްޗަށް ލާޒިމުކުރާ ކަމެއް ކަަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި އިންޓަނެޓް މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވޭ ހުރިހާ ދޮރެއްގައި ސަރުކާރުން ތަންޑު އަޅުވާނެ ކަމަށެެވެ. އަދި އެ މަސައްކަތުގެ ބޮޑު ބައި މިހާރު ނިމިފައިވާ ކަމަށް ވެސް ރައީސް މިރޭ ވިދާޅުވި އެވެ.

"ކުރިއަށް އޮތް ހަފުތާ ތެރޭގައި ރާއްޖެއިން ލަދުހުތުރު ވެބު ސައިޓުތަކަށް ނުވަދެވޭ ގޮތަށް އެ ފަދަ ވެބްސައިޓްތައް މުޅިން ބަންދުކޮށްލެވޭނެ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވި ގޮތުގައި ޕޯން ވެބްސައިޓުތަކަށް ދެވި ހިފުމަކީ އިންސާނުންގެ ސިކުނޑީގެ ނިޒާމު ހަލާކުކޮށްލައި ލޮޑުކޮށް، އުފެއްދުންތެރިކަން މަރާލާ ކަމެކެވެ. އެގޮތުން ޕޯން ވެބްސައިޓުތަކަށް ވަނުމަކީ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައި މީހާ ޣަރަގުކުރުން ފަދަ އެތައް ސަބަބެއް ކުރިމަތިވާ ކަމެއް ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ގައުމާއި މުޅި އިންސާނިއްޔާތު ސަލާމަތްކުރުމަށްޓަކައި، އެކަމަށް ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީން ކަން ރައީސް ދެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ޙަސަނު

17-Dec-2023

ޝުކުރިއްޔާ ރައީސް. ރަލާ އޫރުމަސް ވެސް ރާއްޖެ އެތެރެކުރުން މަނާކުރަންވީ. ރާއްޖެެައަށް މެހުމާނުން އަންނަންޖެޙޭނީކީ ރަލާއޫރުމަސް ހުރެގެނެއްނޫން. އޫރުމަސް އެތެތެނުކުރާ ބައިވަރު ރިސޯޓު މިހާރުވެސް އެބަހުރި. ޞަރާބަރަށް ހިގާ. ގެސްޓުހައުސް ތަކުގަވެސް ރަލެއް އޫރުމަހެއްވެސް ނުހުރޭ. ޙަމަފުލްވެފައޮންނަނީ.



ޓްރެންޑިން