ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ނަޒާހާތްތެރިކަން ސާބިތުކޮށްދީ ކޮމިޝަނުގެ މައްޗަށް ނުފޫޒެއް ނެތްކަން ދެއްކުމަށް ބަޔަކު ޤުރުބާންކުރަނީތޯ ވިދާޅުވެ އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް ޣައްސާން މައުމޫނު ސުވާލު އުފައްދަވައިފިއެވެ.
ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން މިހެން ވިދާޅުވެ ސުވާލު އުފައްދަވާފައިވަނީ އިއްޔެ ރިޔާސީ ކޮމިޝަނުގެ ފަރާތުން ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސްގައި މިފެށޭ އޮގަސްޓް މަހުގެ ތެރޭގައި ފަސް މައްސަލައެއްގައި ދައުވާ އުފުލާނެ ކަމަށާއިއެދައުވާތައް އުފުލުމުން ކޮމިޝަނުގެ މައްޗަށް ނުފޫޒެއް އޮތްކަން ނުވަތަ ނޫންކަން ސާފުވެގެންދާނެކަމަށް ވިދާޅުވެ އެ ކޮމިޝަނުގެ ރައީސް އަޙްމަދު އަސްޢަދު ދެއްކެވި ވާހަކަ ތަކަށް އިޝާރަތް ކުރައްވަމުންނެވެ.
ޣައްސާން ކުރެއްވި ޓުވީޓުގައި ނަޒާހާތްތެރިކަން ދެއްކުމުގެ ގޮތުން، ކަން ދެއްކުމަށް ބަޔަކު ޤުރުބާންކުރަން އުޅެނީތޯ ވިދާޅުވެ ވަނީ ސުވާލު އުފައްދަވާފައެވެ.
"ނުފޫޒެއް ނެތް ކަން އަންނަ ހަފުތާގައި ފެންނާނެއޭ ބުނީ ކަން ދެއްކުމަށް ބަޔަކު ގުރުބާން ކުރަން އުޅެނީބާ؟ ކޮމިޝަނުގެ ނަޒާހާތްތެރިކަން ދެއްކުމަށް ޤުރުބާންކޮށްލަނީ އެތެރެ ކޮއިލުން އައި މީހެއްތޯ ނުވަތަ ބޭރު ކޮއިލުން އައި މީހެއްބާ؟" ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ޣައްސާނު ސުވާލު ކުރެއްވިއެވެ.
ޣައްސާންވަނީ އަސްއަދުގެ މައްޗަށް މިހާރު ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތާ ގުޅިގެންވެސް އިޝާރާތްކުރައްވައި ވާހަކަ ދައްކަވާފައެވެ. އަސްއަދުގެ މައްޗަށް ތުހުމަތުކުރެވެނީ ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ ޗާޕުކުރުމުގައި ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރިޕޯޓެއްގައި ތުހުމަތުކޮށްފައިވުމުންނެވެ.
އިއްޔެ ނޫސްވެރިޔަކު އެކަމާ ގުޅޭ ގޮތުން އަސްއަދާ ސުވާލުކުރުމުން އޭނާ ވިދާޅުވީ އެތުހުމަތަކީ ސިޔާސީ ކުލަވަރު ޖެހިފައިވާ ތުހުމަތުތަކެއް ކަމަށެވެ. ޣައްސާން މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމަށް ރައީސް އުފެއްދެވި ކޮމިޝަނުގެ ރައީސްކަމަށް އިސްކުރެއްވި ބޭފުޅާއަށް ކޮރަޕްޝަންގެ ތުހުމަތު ކުރުމުން، ސިޔާސީ ކުލަވަރު ފެންނަ ކަމަށެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން ދައުވާ ކުރަން ފޮނުވާ ފަސް މައްސަލައިގައި ހިމެނޭ ބަޔަކު ސާފުކުރުމަށް ނޫސްވެރިން ތަކުރާރުކޮށް ކޮމިޝަންގެ ރައީސާ ސުވާލު ކުރުމުންވެސް ވިދާޅުވީ ދައުވާ ކުރީމާ އެއީ ކޮން ބަޔަކުކަން އެނގޭނެ ކަމަށެވެ. ކޮމިޝަންގެ ރައީސް އެއީ ކޮންބައެއްކަން ހާމަ ނުކުރެއްވި ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތަކަށް ބަލާއިރު ޣައްސާން އެ ވިދާޅުވާ "ގުރުބާންކުރާ" ލިސްޓުގައި ޒުވާނުންނާބެހޭ ވަޒީރުގެ ނަން ހިމެނެއެވެ. ނަމަވެސް މަހުލޫފަކީ ސަރުކާރުން ގެންގުޅޭ ޒީރޯ ޓޮލަރެންސް ސިޔާސަތުގެ ދަށުން މުޅިން ސާފުވެފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު