ރާއްޖެއަށް ލިބޭ ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީޙުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ މިއީ ލުއި ފަސޭހަކަމާއެކު ރައްޔިތުންނަށް ހައްޖަށް ދެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅު ފުރިހަމަކުރެއްވުމުގެ ގޮތުން ނިންމެވި ނިންމުމެއްކަމަށެވެ.

ޝަހީބު ވިދާޅުވީ ރާއްޖެއަށް އާއްމު ގޮތެއްގައި ކޮންމެ އަހަރަކު ލިބެނީ 1000 ކޯޓާކަމަށެވެ. އަދި މީގެފަހުން ހުރިހާ ކޯޓާއެއް ދޭނީ ސަރުކާރުގެ ދަށުން ހިންގާ ހައްޖު ކޯޕަރޭޝަނަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހުރިހާ ހައްޖު ކޯޓާއެއް ސަރުކާރު ކުންފުންޏަށް ދޭން ނިންމާފައިވާއިރު، މީގެކުރިން ބައެއް އަމިއްލަ ޖަމާއަތްތަކަށް ކޯޓާ ދިނުމުން ބޮޑެތި މައްސަލަތައް ހައްޖުވެރިންނަށް ކުރިމަތިވެފައި އެބަހުއްޓެވެ. އެގޮތުން ވީޒާގެ މައްސަލައާއި ހައްޖަށް ނުދެވުމުގެ މައްސަލަތައް ފާޙަގަކުރެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ، ހައްޖު ކޯޓާއަށް ގެންނެވި ބަދަލާއެކުއާންމު ރައްޔިތުންނަށް ބޮޑު ލުއި ފަސޭހައެއް ލިބިި، ހިދުމަތް އަވަސް ކުރުމަށް ފަސޭހަވެގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން