ރަމަޟާންމަހު ފަހު ދިހައަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ވަޒީރުންގެ މަޖިލީހުން ކަނޑައަޅުއްވައިފިއެވެ.

ރަމަޟާންމަހު ފަހު ދިހައަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ވަޒީރުންގެ މަޖިލީހުން ކަނޑައެޅުއްވިކަން އިއުލާންކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ޝަހީބުއެވެ.

މިއީ މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. އޭދަފުއްޓަށް ކުރެއްވި ޒިޔާރަތުގައި ވެވަޑައިގެންނެވި ވައުދުފުޅެކެވެ.

ޝަހީބު ވިދާޅުވީ މިއީ އިސްލާމީ އުސޫލުތައް ގާއިމްކުރުމާއި ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖައްސައި، ރައްޔިތުންނަށް ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތުތައް ފޯރުކޮށްދިނުމުގެ ވައުދު ފުރިހަމަކުރެއްވުމުގެ ގޮތުން ސަރުކާރުން ނިންމެވި ނިންމެވުމެއްކަމަށެވެ. އެހެންކަމުން މިއަހަރު ފެށިގެން ރޯދަމަހުގެ ފަހު 10 އެއް ބަންދުވާނެކަމަށް ޝަހީބު ވިދާޅުވިއެވެ.

ސަރުކާރުން ދެކެވަޑައިގަންނަވާ ގޮތަށް ރަމަޟާންމަހުގެ ފަހު 10 އެއް ބަންދުކުރުމުން އުމްރާއަށް ދިއުން ފަދަ ކަންކަނަށް ކުރަން ޗުއްޓީ ނުލިބުމުގެ ކަންބޮޑުވުމެއް އެކަން ކުރަން ބޭނުންވާ މުވައްޒަފުންނަށް ނޯންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން