އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރ އަހްމަދު ފައިސަލް
އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރ އަހްމަދު ފައިސަލް
މިހާތަނަށް ދެވަނަ ފަހަރަށް ކޯވިޑް-19 ޖެހުނަކަން ޔަގީންކަމާއި އެކު ސާބިތުކުރެވިފައި ނުވާކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރ އަހްމަދު ފައިސަލް މިރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހި ރަނގަޅުވި ދިވެއްސަކު އަނެއްކާވެސް އެ ބައްޔަށް ޕޮޒިޓިވްވި ކަމަށް ބައެއް މީޑިޔާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. ބަލި މީހެއްގެ އެހީތެރިއެއްގެ ގޮތުގައި އިންޑިއާއަށް ގޮސް ހުއްޓާ ޕޮޒިޓިވްވި މި މީހާއަކީ މިދިޔަ މޭ މަހު މި ބައްޔަށް ޕޮޒިޓިވްވި މީހެކެވެ. އޭގެ ފަހުން މި މީހާ އިންޑިއާއަށް ދިޔައީ ކޯވިޑަށް ހެދި ޓެސްޓް ނެގެޓިވް ކަމަށް ދެެއްކުމުންނެވެ.

ޑރ ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯވިޑް ޖެހުމަށްފަހު އަލާމާތެއް ނެތިއްޔާ 3 މަސްތެރޭގައި ޓެސްޓްކޮށްގެން ފޮޒިޓިވްކަމަށް ދެއްކިޔަސް އެއީ އަލުން އެ ބަލި ޖެހުނީ ނޫންކަމަށެވެ. އަދި އެއީ ޓެސްޓުން ވައިރަސްގެ ބައިތައް އަލުން ދެއްކުންކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.



ކޯވިޑް ޖެހުނު އެއްވެސް މީހަކަށް އަލުން އެ ބަލި ޖެހުނުކަމެއް މިހާތަނަށް ކަމާއި ބެހޭ ފަރާތަކުން އަދި ޔަގީން ކޮށް ދީފައެއް ނުވެއެވެ. އެހެންނަމަވެސް މީގެކުރިން މި ފަދަ ބައެއް ހާދިސާތައް ދިމާވުމުން ބައެއް ތަހްލީލުތައް ކޮށްފައި އެބަހުރިކަން ފާހަގަކޮށްލެވެއެވެ. އެހެން ދިމާވަނީ ބަލިން ރަނގަޅުވުމަށްފަހުވެސް މަރުވެފައިވާ ވައިރަހުގެ އެތިކޮޅުތައް ހަށިގަނޑުގެ ތެރޭގައި ހުންނާތީ ކަމަށް އެ ތަހުލީލްތަކުން ދައްކައެވެ. އަދި މިކަން ޕީސީއާރު ޓެސްޓުން ދެއްކި ނަމަވެސް އެއީ އަލުން ބަލި ޖެހުނީ ނޫންކަމަށް ސައިންސްވެރިން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން