މިއަދުން ފެށިގެން ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް އަންސްކިލްޑް ލޭބަރުން ގެނެވޭގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ.

ގެޒެޓްގައި ކުރި އިޢުލާނެއްގައި މިނިސްޓްރީ އޮފް ހޯމްލޭންޑް އެންޑް ސެކިއުރިޓީ އިން ބުނީ މި ނިންމުމާއިއެކު އެހެން ގައުމުތަކުން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން މިވަގުތު ގެނައުން މަޑުޖައްސާލެވިފައިވާ ކަމަށެވެ. ނަމަވެސް މިއަދުގެ ނިޔަލަށް އެކްސްޕެޓް އޮންލައިން ސިސްޓަމަށް އަޕްލޯޑްކުރެވިފައިވާ ޑޮކިއުމަންޓްތައް ޕްރޮސެސް ކޮށްދޭނެ ވާހަކަ މިނިސްޓްރީން ނެރުނު އިޢުލާންގައި ބުނެފައި ވެއެވެ.

ބަންގްލަދޭޝްއިން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން ގެނައުން ނިމިދިޔަ ސަރުކާރުން ހުއްޓުވާފައިވާތާ 4 އަހަރު ވެއްޖެއެވެ. މި ނިންމުން ނިންމީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ކުރީގެ ސަރުކާރުން 2019 ވަނަ އަހަރު ފެށި ޕްރޮގްރާމެއްގެ ތެރެއިންނެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑުން މިފަފަ ނިންމުމެއް ނިންމާފަައިވާއިރު ރާއްޖޭގެ އިމިގްރޭޝަނުން ދަނީ ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ދެނެގަނެ، ފިޔަވަޅު އެޅުމުގެ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން