ބަންގްލަދޭޝްގެ އަންސްކިލްޑް ލޭބަރުން ރާއްޖެއަށް އަލުން ގެންނަން ސަރުކާރުން ނިންމީ އެމްޕްލޮއިމެންޓް އެކްޓްގެ ދަށުން ހަދާފައިވާ ޤާނޫނާއި ޚިލާފަށް ކަމަށް ނިމިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް މިއަދު ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިފަދައިން ވިދާޅުވީ ސަރުކާރުން އެކަން އިއުލާނުކުރުމާއި ގުޅިގެންނެވެ. މިކަމާއި ގުޅޭގޮތުން ވާޙަކަދައްކަވަމުން ފައްޔާޒު އިސްމާއިލް ވިދާޅުވީ ކޮންމެ ގައުމަކަށް 150،000 ގެ ކޯޓާއެއް ކަނޑައެޅުމުން ބަންގްލާދޭޝްގެ ކޯޓާ ހަމަވެފައިވާ ކަމަށެވެ. މިހާރުވެސް ވޯކް ވިސާގައި އެގައުމުގެ 144،607 މީހަކު ރާއްޖެ އެތެރެވެ އޭގެ ތެރެއިން 63،000 މީހުން އުޅެނީ ގާނޫނާއި ގަވާއިދާ ހިލާފަށްކަން ފައްޔާޒް ފާހަގަކުރެއްވިއެވެ.

އެމްޕްލޮއިމަންޓް އެކްޓްގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އެއް ޤައުމަކުން އެންމެ ގިނައިން ގެނެވޭނެ އަދަދަކީ 100،000 މީހުންނެވެ.



މިކަމާއި ގުޅުވައި ފައްޔާޒް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. ކޯޓާ ދޫކުރުން އަދި އިމިގްރޭޝަން ހޯމް މިނިސްޓްރީ ދަށުގަ އޮވެ، ކޯޓާ ފްރޯޑް ތުހުމަތުގައި ފުލުހުގައި މައްސަލަތައް ފައިލް ކުރެވިފައިވާ ފަރާތަކާއި ކޯޓާ ކަންކަން ހަވާލުކޮށް ޤާނޫނުގައި ކަނޑައެޅިފަވާ އަދަދު ހަމަވެފައިވާ ޤައުމަކުން ޤާނޫނާހިލާފަށް މީހުން އެތެރެކުރަން ނިންމުމަކީ ވަރަށް ސުވާލު އުފެދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

2019 ގެ ކުރިން ރާއްޖޭގައި އަހަރަކު އެތައް ބިލިއަން ރުފިޔާއެއްގެ ނާޖާއިޒު ނަފާ ލިބޭ ބަންގަލަދޭޝްގެ ވަގުފާރި ވިޔަފާރި ކުރަމުންދާ ކަންވެސް ކުރީގެ ވަޒީރު ފައްޔާޒު ފާހަގަކުރެއްވިއެވެ. 5 އަހަރު ހުއްޓުވާފައި އޮތްކަމެއް، އަލުން ޤާނޫނާ ހިލާފަށް ހުޅުވާލުމަކީ ޤައުމީ ސަލާމަތަށް އަދި ދިވެހި އިޤްތިސާދާއި އިޖުތިމާއީ ފޭރާމަށް ހުރި ނުރައްކަލެއްގެ ގޮތުގައި ފައްޔާޒް ސިފަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން