ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ކުންފުނީގެ ހެޑް އޮފީސް ސަރަހައްދުގެ ޓްރެފިކްފްލޯއަށް ލުޔެއް ހޯދައިދިނުމަށްޓަކައި، އަންނަ ރޯދަ މަހުގެ ކުރިން ހުޅުވުމަށް އަމާޒުހިފައި، ދޮންއަދަރާދަ ހިނގުން ހުޅުވުމުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ އެކުންފުނީގެ އޮފީހާއި އިންވެގެން އޮންނަ ދޮންއަދަރާދަހިނގުމުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.



ދޮންއަދަރާދަ ހިނގުން ސްޓެލްކޯގެ ބޭނުމަށް ބަންދުކޮށްފައި އޮންނަތާ އަހަރުތަކެއް ވެއްޖެއެވެ.

ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު އެމްޑީ ޙުސައިން ފަހުމީ ވިދާޅުވީ ސްޓެލްކޯއަކީ ޢާންމުންނަށް ޚިދުމަތް ކުރުމަށް އުފައްދާފައިވާ ދައުލަތުގެ ކުންފުންޏެއް ކަމުން ޢާންމުންނަށް ދަތި ނުވާ ގޮތަށް ކަންތައްތައް ކުރުމަށް އެކުންފުނިން ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން