ތިން މަސް ދުވަހަށް ވުރެ ގިނަ މުއްދަތަކަށް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، އަލުން ހުޅުވާލުމާއި އެކު މިހާތަނަށް 266 ބިދޭސީ މަސައްކަތްތެރިން ރާއްޖެ އައިސްފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޖުލައި 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލުމާއި އެކު މިވީ ދިހަ ދުވަސް ތެރޭގައި ލަންކާ އިން އެކަނިވެސް 123 މަސައްކަތްތެރިން ވަނީ ރާއްޖެ އައިސްފަ އެވެ.
އޭގެ އިތުރުން އިންޑިއާ އިން 36 މީހުން އައިސްފައިވާ އިރު، ތުރުކީ އިން 13 މީހުން ވަނީ އައިސްފަ އެވެ. އަދި ފިލިޕީންސް އިން 11 މީހަކު ރާއްޖެ އައިސްފައިވާ ކަމަށް އިމިގްރޭޝަން އިން މައުލޫމާތުދެއެވެ.އިމިގްރޭޝަން އިން ބުނީ، މި ދިހަ ދުވަސް ތެރޭގައި ޗައިނާ އިން ނުވަ މީހުން އަދި އިޓަލީ އިން ހަތް މީހުން ވަނީ މަސައްކަތް ކުރުމަށް ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި މިސްރުން ހަތް މީހުން، އިނގިރޭސިވިލާތުން ހަތް މީހުން، ފްރާންސުން ފަސް މީހުން އަދި މެލޭޝިއާއިން ފަސް މީހުން އައިސްފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ. މީގެއިތުރުން ވޭތުވެދިޔަ 10 ދުވަހުގެތެރޭގައި އެހެނިހެން ގައުމުތަކުން 42 ބިދޭސީ މަސައްކަތްތެރިން ރާއްޖެ އައިސްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
ސަރުކާރުން މިހާރުވަނީ ރާއްޖޭގައި ގަވާޢިދާ ޚިލާފަށްއުޅޭ ބިދޭސިން އެމީހުންގެ ގައުމުތަކަށް ފޮނުވާލުމުގެ ޕްރޮގްރާމެއް ވެސް ފަށާފައެވެ. ރާއްޖޭގައި ގަވާޢިދާ ޚިލާފަށް 66 ހާހަށްވުރެ ގިނަ ބިދޭސިން އުޅޭ ކަމަށް ރަސްމީ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު