އަހުމަދު މަސްނޫމް   18 ޑިސެމްބަރު 2023 - 1:38
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްކަމުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އައިޝާ ޝުޖޫން މުހައްމަދު ހަމަޖައްސައިފިއެވެ.

ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމުގައި އެންމެފަހުން ހުންނެވީ ރައީސުލްޖުމްހުރިއްޔާގެ މެމްބަރުގެ ގޮތުގައި އެ ކޮމިޝަނުގައި އިންނަވާ މަސްތޫރު ހުސްނީއެވެ. އޭނާއަކީ ރައީސް ސާލިހުގެ ވެރިކަމުގައި އައްޔަންކުރެއްވި ބޭފުޅެކެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު ވަނީ މަސްތޫރުގެ ބަދަލުގައި އެހެން ބޭފުޅަކު ޖޭއެސްސީއަށް އައްޔަންކުރައްވާފައެވެ.

ޖޭއެސްސީން މިއަދު އެކްސްގައި ބުނީ ޖޭއެސްސީގެ ނައިބު ރައީސްކަމުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޮމިޝަނުގައި އިންނަވާ ޝުޖޫން ހަމަޖައްސާފައިވާކަމަށެވެ. އޭނާ އެ މަގާމަށް ހަމަޖައްސާފައި ވަނީ ކޮމިޝަނުގެ މެންބަރުންގެ މެދުގައި ނެގި ވޯޓަކުންނެވެ.

ޖޭއެސްސީގެ ނައިބު ރައީސް ކަމަށް ޝުޖޫން ހަމަޖެއްސިއިރު، އެ ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެ ކޮމިޝަނުގައި އިންނަވާ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން