ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް އައްޔަނުކުރައްވާފައިވާ 22 ބޭފުޅުންނަށް ރުހުން ދޭން މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާ އާންމުކޮށްފައިވާއިރު އެޖެންޑާގައި ވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ހިމަނާފައެވެ. މާދަމާގެ ޖަލްސާ ފަށާނީ ހެނދުނު 09:00 ގައެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް ޑިސެމްބަރު 10 ވަނަ ދުވަހު ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ގިނަ މެންބަރުންގެ ވިސްނުމާއެއްގޮތަށް ނިންމާފައި ވަނީ ވަޒީރުންނަށް ވަކިވަކިން ރުހުން ދިނުމަށެވެ.

ކޮމެޓީގެ ބައެއް މެންބަރުން ވަނީ ހުރިހާ ވަޒީރުންނަށް އެއްކޮށް ރުހުން ދިނުމާމެދު އެއްވެސް އިއުތިރާޟެއް ނެތް ކަމަށް ވެސް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން