ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް އުފައްދާފައިވާ ޓާސްކު ފޯހުން 5.5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް ދާޚިލީ ވަޒީރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް އެންޑް ޓެކްނޯލޮޖީ އަލީ އިހުސާން މިރޭ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުގެ ދަށުން، ފުލުހުން، ކަސްޓަމްސް އަދި އިމިގްރޭޝަން އާއި ކަރެކްޝަނަލް ސާވިސް ގުޅިގެން އުފައްދާފައިވާ ޓާސްކް ފޯސް އިން ރަލާއެކު 5.5 މިލިއަން ރުފިޔާގެ މަސްތުވާތަކެތަކެތި އަތުލައިގެންފައިވާ ކަމަށެވެެ.އަދި ޓާސްކު ފޯސްއިން 5.5 މިލިއަން ރުފިޔާގެ އަގުހުރި މަސްތުވާތަކެތި އަތުލައިގަނެފައިވަނީ ފާއިތުވި ދެ ހަފުތާގެ ތެރޭގައިކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

މީގެ އިތުރުން ފާއިތުވި 2 ހަފުތާއެއްހައި ދުވަހުގެ ތެރޭގައި ރާއްޖޭގެ ޤާނޫނުތަކާ ޚިލާފުވެފައިވާ 53 ބިދޭސީއެއްވެސް އެ ޓާސްކުފޯސްއިން އަތުލައިގަނެފައިވާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

ރާއްޖެ އަށް އެތެރެ ކުރި މަސްތުވާތަކެއްޗާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ތަކެއް އަތުލައިގެންފައިވާއިރު މީގެ ކުރިން މިނިސްޓަރު އިހުސާން ވަނީ މަސްތުވާތަކެތީގެ މައްސަލައާއި ޤާނޫނާ ޚިލާފަށް ލިޔެކިޔުމެއް ނެތި ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ފަދަ މައްސަލަތަކަކީ ޤައުމީ ސަލާމަތާ ގުޅުންހުރި މައްސަލަތައް ކަމުގައި ބެލުމާއެކު، އެ މައްސަލަތައް ހައްލުކުރުމަށް ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކެއް ޝާމިލުވެގެން އެކީގައި މަސައްކަތްކުރެވޭނެ އިންތިޒާމުތަކެއް ހަމަޖައްސަވަން ވިސްނަވާ ކަން ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން