ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ވުޒާރާތަކާއި، އެ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިހްތިޔާރުގެ ދަށުން މިދިޔަ މަހުގެ 17 ގައި އުފައްދާފައިވާ ވުޒާރާތަކާއި އެ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް މަޖިލިހުން ފާސް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލިހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

އެހެން ނަމަވެސް ރައީސް އޮފީހުން މިކަމާއި ގުޅޭ ތަފްސީލެއް ހާމަކޮށްފަ ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން