ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރު މި މަހުގެ 28 އާ ހަމައަށް ދަންމާލަން މަޖިލިހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލިހުގެ ތިން ވަނަ ދައުރު ދަންމާލަން ހުށަހެޅުއްވީ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމެވެ. އަސްލަމް މިގޮތަށް ނިންމެވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓްގައި ހިމެނޭ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައާއިމެދު ގޮތް ނިންމަވަން މަޖިލީހަށް އިތުރު ދުވަސް ބޭނުންވާތީ ކަމުގައި އޭނާ ވިދާޅުވިއެވެ.

އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ އަޣުލަބިއްޔަތުން ދައުރު ދަންމާލަން ވަނީ ފާސްވެފައެވެ.

މަޖިލިހުގެ ގަވާއިދުގައި ބުނާ ގޮތުން ޑިސެމްބަރު މަހުން ފެށިގެން މަޖިލިސް އޮންނާނީ ޗުއްޓީގައެވެ. މަޖިލިހުގެ ދައުރު ދަންމާލައި އެންމެ ފުރަތަމަ ނިންމާފައި ވަނީ މި މަހުގެ 7 އާ ހަމައަށް ތިން ވަނަ ދައުރު ކުރިއަށް ގެންދާ ގޮތަށެވެ. އޭގެ ފަހުން މިއަދާއި ހަމައަށް މަޖިލީހުގެ ތިން ވަނަ ދައުރު ކުރިއަށް ގެންދަން ނިންމާފައިވަނީ މި މަހުގެ 6 ވަނަ ދުވަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން