ރައީސްގެ މެނިފެސްޓޯ ތަންފީޒުކުރުމަށް ރެޔާއި ދުވާލު މަސައްކަތްކުރައްވާނެކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ތަރައްޤީކުރާ ރަސް މާލެ ހިއްކުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ފަޒުލް ވިދާޅުވީ ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކުރުމަށް އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށާއި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު ކަމަށްވާ ފުށިދިއްގަރު ފަޅު ހިއްކައި ޙަގީގަތަކަށް ހަދައިދޭނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާކަމަށެވެ. އަދި ސަރުކާރުގެ ލަފަޔާއެކު ތަނުގެ ޑިވެލޮޕްމަންޓް ޕްލޭން އެކުލަވާލާ މަސައްކަތް ހަލުއިކުރައްވާނެ ކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.

"ރައީސްގެ މެނިފެސްޓޯ ތަންފީޒުކުރުމަށްޓަކައި ރެއާއި ދުވާލު މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސަށް އަޅުގަނޑު އަރުވަން." ފަޒުލް ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގެ ތޮއްޖެހުމާއި، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަން ޙައްލުކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދެވެ. މިކަމުގައި ރައީސުލްޖުމްހުރިއްޔާ ގެންގުޅުއްވާ އެންމެ ބޮޑު ތަޞައްވުރަކީ މާލޭ ކައިރީގައި އޮތް ފުށިދިއްގަރު ފަޅު ހިއްކައި އާބާދުކުރުމެވެ. މިގޮތުން، ހުޅުމާލޭގެ ގާތްގަޑަކަށް ތިން ގުނަ ބޮޑު ސަރަޙައްދެއް ފުށިދިއްގަރު ފަޅުން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިއީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިންހިއްކުމުގެ މަޝްރޫޢެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން