ފަސް އެނބުރި ބެލުމެއް ނެތި ދިވެހިން ދާނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ކުރިއަށް ކަމަށް އެމަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބުދުއްރަޙީމް ވިދާޅުވީ މި މަޝްރޫޢު ނިމިގެންދާއިރު ދިވެހީންގެ ރާއްޖެއިން ފެނިގެންދާނީ އަމާން ރައްކާތެރި ހިތްފަސޭހަ ހުރިހާ ގޮތަކުން ފައްކާވެފައިވާ ފުރިހަމަ ރަސްމާލެއެއް ކަމަށެވެ. އަދި ވަޢުދު ފުއްދެވުމުގައި ރައީސް ދައްކަވަނީ ތެދުވެރިކަމާ އިޚްލާޞްތެރިކަމާ އަދި ގާބިލްކަމާ ހުޝިޔާރުކަން ކަމަށް ވިދާޅުވެ އަދުރޭ ވަނީ ރައީސަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.

"ފަސް އެނބުރި ބެލުމެއް ނެތި ދިވެހީން ދާނީ މަނިކުފާނާއެކު ކުރިއަށް،" އަދުރޭ ވިދާޅުވި އެވެ.

ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެބޮޑު މަޝްރޫޢު "ރަސްމާލެ" ބިން ހިއްކުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ އިފްތިތާޙް ކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް މަސައްކަތް ފަށާތާ 8 މަސްދުވަހުގެ ތެރޭގައި ފުށިދިއްގަރު ފަޅުން 1153 ހެކްޓަރުގެ ބިން ހިއްކާނެކަމަށެވެ. މީގެ އިތުރުން ގުޅީފަޅުގައި މިހާރު ފެށިފައިވާ މަޝްރޫޢުގައި ހިއްކަމުންދާ މިންވަރަށްވުރެ އިތުރަށް 85 ހެކްޓަރުގެ ބިން އިތުރުކޮށް ގިރާވަރު ފަޅުންވެސް މިހާރަށްވުރެ އިތުރަށް 50 ހެކްޓަރު ބިންހިއްކައި އެތަންތަން ބުރިޖުން ގުޅުވާލައި، "ރަސްމާލެ" މަޝްރޫޢާއެކު މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މުޅި މައްސަލައަށް ޙައްލު ގެނެސްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން އެހުރިހާ ތަނެއް އެކުގައި ޖުމްލަ 65،000 ގޯތި ނުވަތަ ފްލެޓް ތަރައްޤީ ކުރާއިރު މިއީ ޒަމާނުއްސުރެ މާލެ ސަރަޙައްދުގައި ޙައްލުނުވެ އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލު ލިބޭނެކަމެެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން