ހުޅުމާލޭގެ ފްލެޓެއްގައި ދަރިއަކު މަންމައަށް ވަޅިން ހަމަލާ ދިނުމާއި ގުޅިގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް އެކެއްގެ ފްލެޓެއްގައި ފިރިހެނަކު، އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެއް މިރޭ 7 ޖަހާކަށްހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ހާދިސާގައި އަނިޔާވި 51 އަހަރުގެ އަންހެން މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތު ދިންގޮތުގައި އަންހެން މީހާގެ ހާލު ސީރިއަސް އެވެ.

މި ހަމަލާދީފައިވަނީ އާއިލީ މައްސަލައެއްގައި، ދަރިފުޅު އޭނާގެ މަންމައަށްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން