ސްކޫލް ދަރިވަރުންގެ ޔުނިފޯމް ކޯޑަށް ބަދަލުތަކެއް ގެންނަން އުޅޭ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަައް އެޑިއުކޭޝަން މިނިސްޓްރީން ދޮގުކޮށްފި އެވެ.

އެޑިއުކޭޝަންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދަރިވަރުންގެ ޔުނިފޯމް ކޯޑަށް މިނިސްޓްރީން ބަދަލުތަކެއް ގެންނަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިއަދު ދައުރުވަމުންދާ ޑޮކިޔުމަންޓަކީ އެއްވެސް އަސާސެއް ނެތް، ހަޤީޤަތާ ޚިލާފު ޑޮކިޔުމަންޓެއް ކަމަށެވެ. އެގޮތުން ދަރިވަރުންނާ ގުޅުން ހުރި މިފަދަ ހައްސާސީ ކަންކަމުގައި ދޮގު ވާހަކަ ފެތުރުމަކީ ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮ ކަމަށާއި ވެލް-ބީންގ އަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން މިފަދަ ހަޤީޤަތާ ޚިލާފު، ދޮގު ޚަބަރުތައް ނުފެތުރުމަށް މިނިސްޓްރީ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން މިހެން ބުނެފައިވާއިރު އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފަށް ހެދުންއަޅައިގެން މުޖުތަމައުގެ ތެރޭގައި އަންނަ އަހަރުގެ މާޗު މަހުން ފެށިގެން އުޅުމަކީ މަނާ ކަމެއް ކަމަށް ކަނޑައަޅަން ސަރުކާރުން އުޅޭ ކަމަށް ބުނެ ފޭސްބުކް ޕޯސްޓެއް ވަނީ އާންމުކޮށްފައެވެ. އެ ޕޯސްޓުގައި ބުނާގޮތުން މިއީ ރާއްޖޭގެ އިޖުތިމާއީ ފޭރާން ހަރުދަނާ ކުރުމުގެ ގޮތުން ކުރާ ކަމެކެެވެ.

އެކަމާ ގުޅިގެން ސަރުކާރުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބު ވެސް ވިދާޅުވެފައިވަނީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އޭގެ ބޭނުމަކީ ސަރުކާރު ބަދުނާމުކުރުން ކަމަށެވެ. ނަމަވެސް ސަރުކާރު ދާނީ ރައްޔިތުންގެ ހިދުމަތުގައި ކުރިއަށް ކަމަށް ޝަހީބު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން