ހުކުމެއް ކުރުމާއި ގުޅިގެން ނުވަތަ ފަހަރަކު ފަނޑިޔާރެއްގެ މައްސަލަ ބަލައި ފަހަރަކު ފަނޑިޔާރަކު މަގާމުން ވަކި ކުރުމުގެ ބަދަލުގައި ޖުޑިސަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގެ މެންބަރުން ނުނިދާ ހޭލާތިބެގެން ނަމަވެސް ވަކިކުރަން ބޭނުންވާ ފަނޑިޔާރުން ވަކިކޮށް ނިންމާލުމަށް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް ރީކޯ މޫސާ މަނިކު ގޮވާލައްވައިފިއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭންގައާއި އެޖެންޑާ 19ގައި އެމްޑީޕީން ރައްޔިތުންނަށްވިއްކި އެއް ވާހަކައަކީ އިންސާފު ގާއިމުކޮށްދިނުމުގެ ވާހަކައެވެ. ޖޭއެސްސީ އެތުރިފައި އޮތް ގޮތް ބަދަލު ކުރައްވާނެ ކަމުގެ ވާހަކައެވެ. ރައީސް ޞާލިޙުގެ ކޯލިޝަން ސަރުކާރުގެ އެންމެބޮޑު ހިއްސާދާރަކީ ވެސް އެމްޑީޕީއެވެ. އެމްޑީޕީގެ މި ވައުދާއި އެއްގޮތަށް ޖޭއެސްސީގެ މެންބަރުން ބަދަލުކޮށް އެކޮމިޝަންގެ ފުރިހަމަ ބާރު އެޕާޓީން ނެގުމަށްފަހު މިހާތަނަށް އެންމެ ބުރަކޮށް އެކޮމިޝަނުން ކޮށްފައިވާ މަސައްކަތަކީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމާއި ފަނޑިޔާރުން ކުރާ ހުކުމްތަކާއިމެދު ނޫނީ ހިންގާ ޝަރީއަތް ތަކަށް ފާރަވެރިވެ ވަގުތުން ފިޔަވަޅު އަޅަމުން ގެންދިއުމެވެ.
އެގޮތުން މިހާރުވެސް ޖޭއެސްސީން ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލަމުން ގެންދާއިރު އެފަދަ ބައެއް މައްސަލަތަކާއި ގުޅޭ ފަނޑިޔާރުން ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ. އަދި ސުލޫކީ މައްސަލަތައް ބެލުމަށްފަހު ބައެއް ފަނޑިޔާރުން މިހާރު ވަނީ މަގާމުން ވަކިކޮށްފައެވެ. ގިނަ ފަނޑިޔާރުން މަގާމުން އިސްތިއުފާ ދެއްވަނީ ޖޭއެސްސީން މައްސަލަ ބެލުމަށްފަހު އެ ފަނޑިޔާރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުންނެވެ.
މިކަމަށް އަލިއަޅުއްވާލައްވައި ރީކޯ މޫސަ ވަނީ "ޖޭއެސްސީ މެންބަރުން ހޭލާ ތިބެގެން ވެސް ވަކިކުރަން ބޭނުންވާ ފަނޑިޔާރުން ވަކިކޮށް ބޭނުންވާ ބަދަލުތައް ގެނަސް ނިންމަންވީނޫންތޯއޭ ވިދާޅުވެ ޖޭއެސްސީއާއި ސުވާލު ކުރައްވާފައެވެ.
"ކޮންމެ ހުކުމަކަށް ފަނޑިޔާރުން ވަކި ކުރާނަމަ އެމީހުން ކުރިން ކޮށްފަ ހުރި ހުކުމްތަކާމެދު ރައްޔިތުން ކުރާ ސުވާލުތަކަށް ޖޭއެސްސީ ޖަވާބު ދޭނެތޯ؟" ރީކޯ މޫސަ ޖޭއެސްސީއަށް އަމާޒުކުރައްވައި ސުވާލު ކުރައްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު