ފުށިދިއްގަރު ފަޅު ހިއްކަން ފެށުމަކީ މާލޭގެ ރައްޔިތުންގެ މޫނުމަތީގައި މި ސަރުކާރުން ޖެހި ތަފާލެއް ކަމަށް އެމްޑީޕީގެ ޓިކެޓްގައި މޭޔަރު ކަމަށް ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިރޭ ބޭއްވި މޭޔަރުގެ އިންތިހާބުގެ ކެމްޕެއިން ޖަލްސާ އެއްގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވީ ފުށިދިއްގަރު ފަޅު ހިއްކަން ފެށުމަކީ މާލޭގެ ރައްޔިތުންގެ މޫނުމަތީގައި މިސަރުކާރުން ޖެހި ތަފާލެއް ކަމަށެވެ. އަދި އެކަމަކީ ރައްޔިތުންނަށް ގޮން ޖަހައި މި ސަރުކާރުގެ ވަރުގަދަ ކަން ދެއްކުމަށް ކުރި ކަމެއްގެ ގޮތުގައި އާޒިމް ވަނީ ސިފަކުރައްވާފައެވެ.

އޭނާ ވިދާޅުވީ "ހިތެއް" ހުރި މީހެއްނަމަ ރައްޔިތުންނަށް ގޮންޖަހާ، ފުށިދިއްގަރު ފަޅު ހިއްކަން ނުފަށާނެ ކަމަށެވެ. އާޒިމް ވިދާޅުވީ ފުށިދިއްގަރު ފަޅަށް މާލެއިން ދެވޭނީ ދެ ގަޑިއިރު ދަތުރުކުރުމަށްފަހު ކަމަށާއި އެއީ ރައްޔިތުންނަށް ހައްޤުވާ މިންވަރު ނޫން ކަމަށެވެ.އާޒިމް ވިދާޅުވީ ގުޅީފަޅާއި ގިރަވާޅު ފަޅާއި އުތުރުތިލަފުޅު ތަރައްޤީކޮށް، އެތަނުގައި ދިރިއުޅެވޭނެ ގޮތް ހަދައިދިނުމަށް ގިނަ ރައްޔިތުންތަކެއް އެދެމުންދާ ކަމަށެވެ. އެހެން ނަމަވެސް އެ މަޝްރޫއުތަކުގެ މަސައްކަތް ނުކޮށް، އައު މަޝްރޫއެއް ފެށުމަކީ ގޯތި ލިބުނު ރައްޔިތުންނަށް މި ސަރުކާރުން ކުރާ ޖެއްސުމެއް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ހިންގާ ކ. ފުށިއްގަރުފަޅު، "ރަސް-މާލެ"ގެ ނަމުގައި ތަރައްގީކުރަން، ބިން ހިއްކުމުގެ ބިޔަ މަޝްރޫއު މިއަދު ވަނީ ފަށާފައެވެ. އެ ފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކައި ގޯއްޗާއި ފްލެޓު ހިމެނޭގޮތަށް، "ރަސްމާލެ"ގައި 65،000 ހައުސިން މަޝްރޫއު ކުރިއަށްގެންދަން ސަރުކާރުން ވަނީ ނިއްމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން