މާލެއަށް ހާއްސަކޮށް އިތުރު ހައުސިންގ ޔުނިޓްތަކެއް ގާއިމު ކުރަން ހަމަޖެހިފައިވާކަމަށް، މާލޭ ސިޓީގެ މޭޔަރު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރައްވާ ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.

މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ރޭ ބޭއްވި ސަންގު ބަހުސްގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ ފުރަމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ 1500 ހައުސިންގ ޔުނިޓުގެ ބިންގާ އަންނަ އަހަރުގެ ފެބްރުއަރީ މަހު، އެޅިގެންދާނެކަމަށެވެ. އަދި މިއީ މާލެ ސިޓީގެ ޕްރޮޖެކްޓެއް ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ. އާޒިމާ ވިދާޅުވީ މި ހައުސިންގް ޕްރޮޖެކްޓާއެކު، މާލޭގެ ބޯހިޔާ ވަހިކަމަށް އިތުރު ލުއިތަކެއްވެސް ލިބިގެންދާނެކަމަށެވެ.

މީގެއިތުރުން، މިހާރު ރޭވިފައިވާ ގޮތަށް މި ހައުސިންގ ޕްރޮޖެކްޓް ކުރިއަށްދާނަމަ، މާލޭގެ ސިނަމާލެ 1 އަދި 2 ގެ ފްލެޓްތަކަށް ފައިސާ ދައްކާފައިވާ 100 އެތައް ފްލެޓެއްގައި ދިރިއުޅޭ މީހުން، ހައުސިންގ ޕްރޮޖެކްޓްގެ ދަށުން އާ ފްލެޓް ތަކަށް ބަދަލު ކުރެވޭނެ ކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި އެމީހުން އާ ފްލެޓް ތަކަށް ބަދަލު ކުރެވޭނީ އެމީހުންގެ އަތުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭ ގޮތަށްކަން އާޒިމާ ފާހަގަކުރެއްވިއެވެ.

އާޒިމާ ވިދާޅުވީ، ވިލިނގިލީގައި 500 ހައުސިންގް ޔުނިޓް އެޅުމަށްވެސް ރޭވިފައިވާކަމަށާއި، އަދި މިހައުސިންގ ޔުނިޓްތަކުގެ ސަބަބުން މާލޭގެ ތޮއްޖެހުމަށް އިތުރު ލުއިތަކެއް ލިބިގެންދާނެކަމަށެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން، މާލެއާއި އެކުގައި ތަރައްގީ ކުރަން ބޭނުންވާ ހުޅުމާލެ އާއި ހުޅުމާލެ ފޭސް 1 އަދި 2 ގެ އިތުރުން ފުށި ދިއްގަރުފަޅާއި، ގިރާވަރު ފަޅާއި، ގުޅީފަޅާއި އެކުގައި މުޅި މާލޭގެ ޑިވެލޮޕްމަންޓް ޕްލޭން އަކީ އެކުގައި ރާވާ ހިންގެން ޖެހޭނެ ކަންކަން ކަމަށް އާޒިމާ ފާހަގަ ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން