ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް އެންޑޯޒް ކުރައްވާ ކެންޑިޑޭޓުންނަށް އިންތިޚާބުތަކުގެ ކެމްޕެއިން ޕޯސްޓަރުތަކުގައި އެމަނިކުފާނުގެ ފޮޓޯފުޅު ބޭނުންކުރެވޭނެ ކަމުގައި ކުރީގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

މީގެކުރިން މަލީހު ވަނީ ހުއްދަނެތި ރައީސް ޔާމީންގެ ފޮޓޯފުޅު ބޭނުން ނުކުރުމަށް އަންގަވާފައެވެ.



މީގެ އިތުރަށްވެސް، ފާއިތުވި ތާގައި އެމަނިކުފާނު ގެންގުޅުއްވާފައިވާ ޝިޢާރުތައްވެސް މިބީދައިން ބޭނުންކުރެވިދާނެ ކަމަށް ޔާމީންގެ ޕާޓީ، ޕީއެންއެފް އުފެއްދުމުގެ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވާ މަލީހް ވިދާޅުވިއެވެ.

މަލީހު މިކަން އިއުލާންކުރައްވަން މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކުރިއަށް އޮންނަ މާލެ ސިޓީ ކައުންސިލުގެ މޭޔަރ ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރައްވާ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަހީދުގެ ޕޯސްޓަރެއް ދައްކަވާލައްވާފައެވެ. އެ ޕޯސްޓަރގައި ވަނީ ޔާމީންގެ ފޮޓޯ ހިމަނާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން