ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު ޝިފާއުއަށް މަރުގެ އިންޒާރު ދިން ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުން ޕޮލިހަށް ހުށަހަޅައިފިއެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ އަމަލު ކުށްވެރިކޮށްފައެވެ. މި މައްސަލަ ބަލާ ތަހުގީގު ކުރުމަށް ފުލުހުންނަށް މައްސަލަ ހުށަހެޅުމުގެ އިތުރަށް ޝިފާއުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ދިފާއީ ވުޒާރާގައި އެދިފައިވާނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ އެ މެމްބަރުންނަށް ގާނޫނީ ގޮތުން ލިބިދޭ ހާއްސަ އިމްތިޔާޒުތަކުގެ ތެރެއިން ސަލާމަތާ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ބަޔަކަށްވާތީ، މަޖިލީހުގެ އެންމެހާ މެމްބަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަލާމަތީ ޚިދުމަތްތަކަށް އެމްޑީޕީންވެސް ވަނީ ގޮވާލާފައެވެ. ޝިފާއުއަށް މަރުގެ އިންޒާރު ދިންކަމަށް އޭނާ ތަމްސީލުކުރައްވާ ޕާޓީ އެމްޑީޕީން ބުނި ނަމަވެސް އިންޒާރު ދިނީ ކިހިނެއް ކަމެއް ހާމައެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން