ޗައިނާގެ ގަންސޫ ޕްރޮވިންސަށް ކުރިމަތިވި ބިންހެލުމާގުޅިގެން ގެއްލިފައިވާ މީހުން ހޯދަނީ.
ޗައިނާގެ ގަންސޫ ޕްރޮވިންސަށް ކުރިމަތިވި ބިންހެލުމާގުޅިގެން ގެއްލިފައިވާ މީހުން ހޯދަނީ.
ޗައިނާގެ ގަންސޫ ޕްރޮވިންސަށް އައި ބިންހެލުމާގުޅިގެން އެތައްބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމްވެ ކުރިމަތިވެފައިވާ ކާރިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި މި ހާދިސާގެ ޚަބަރު އެއްސެވީ ފުންހިތާމައާއެކުކަން ފާހަގަކުރައްވައި ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ޗައިނާގެ ރައީސާއި، ސަރުކާރަށާއި، ރައްޔިތުންނަށާއި، ޚާއްޞަކޮށް މަރުވި މީހުންގެ ޢާއިލާތަކަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ މި ޙާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން