ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރގެ މަޤާމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީންއާއި ޢަލީ ޝުޖާއު ކުރިމަތިލައްވައިފި އެވެ.

މި މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތު ހަމަވީ މިއަދުއެވެ. ފުލުހުންގެ ގާނޫނު ބުނާ ގޮތުން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެވޭނީ އެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން އެސިސްޓެންޑް ކޮމިޝަނަރު ރޭންކުން ފެށިގެން މަތީގެ ބޭފުޅުންނަށެވެ.

މި ދެ ބޭފުޅުންގެ ނަން މިހާރު ވަނީ ޕޮލިސް ބޯޑަށް ފޮނުއްވާފައެވެ. ފުލުހުންގެ ޤާނޫނުގައި ބުނެފައިވާ ގޮތުން މި ނަންތައް ޕޮލިސް ބޯޑުން ދިރާސާކުރުމަށްފަހު ހޯމް މިނިސްޓަރަށް ހުށަހެޅުމުން، ސީޕީގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރެއްވުމަށް ހޯމް މިނިސްޓަރ ރައީސުލްޖުހޫރިއްޔާއަށް ލަފާ އަރުއްވާނެއެވެ. އެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ސީޕީގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރައްވާނެއެވެ.

ސީޕީގެ މަޤާމް އެންމެ ފަހުން ފުރުއްވާފައިވަނީ މުޙައްމަދު ހަމީދެވެ. ހަމީދު އެމަޤާމުން ރިޓަޔަރކުރެއްވުމާ ގުޅިގެން މިހާރު އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސްގެ މަސްޢޫލިއްޔަތުތައް އަދާކުރައްވަނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން