މީސް މީޑިއާގައި އިޝްތިހާރު ޖަހައިގެން ހަށިވިއްކި ތައިލޭންޑް އަންހެނެއްގެ ބަންދަށް 3 ދުވަހުގެ މުއްދަތު ޖަހައިފިއެވެ.

މި މަހުގެ 17 ވަނަ ދުވަހު 39 އަހަރުގެ މި އަންހެން މީހާ ހައްޔަރުކޮށްފައިވަނީ މާލޭގެ ބިއުޓީ ސެލޫންއެއް ބަލާ ފާސްކުރުމުގެ ތެރެއިން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

"އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ޑިސެމްބަރ 18 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން 3 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވޭ." ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލަ ފުލުހުންގެ އެންޓި ހިއުމަން ޓްރެފިކިންގ ޑިޕާޓްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން