ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަދި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ރައީސާއި ނައިބު ރަައީސްގެ މުސާރަ އާއި އިނާޔަތްތަކާ ބެހޭ ގާނޫނު މިހާރު އޮންނަގޮތުން ރައީސުލްޖުމުހޫރިއްޔާގެ މުސާރައަކީ މިހާރު މަހަކު އެއް ލައްކަ ރުފިޔާ އެވެ. އަދި ނައިބު ރައީސްގެ މުސާރައަކީ މަހަކު 75،000ރ. އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަސާސީ މުސާރަ 120،000ރ. އަށް ބޮޑު ކުރުމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އަސާސީ މުސާރަ 93،000ރ. އަށް ބޮޑު ކުރުމަށް ފާސްކޮށްފައެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ 74،000ރ. އަށް ބޮޑުކުރުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ. މުސާރައާއި އެލަވަންސްތަކުގެ ގޮތުގައި ވަޒީރުންނަށް މަހަކު މިހާރު ލިބިވަޑައިގަންނަވަނީ 66،000ރ. އެވެ.

ގާނޫނުއަސާސީ ބުނެފައިވާ ގޮތުގައި ރައީސާއި ނައިބު ރައީސާއި ވަޒީރުންނާއި މެމްބަރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ މަޖިލީހުންނެވެ. 

މާލިއްޔަތު ކޮމިޓީން މިއަދު މުސާރަތައް ބޮޑުކުރަން ފާސްކުރި ނަމަވެސް މިކަމާ މެދު ފަހުގެ ނިންމުން ނިންމާނީ ކޮމިޓީ ރިޕޯޓަށް ބަހުސްކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށައަޅައިގެން ވޯޓަށް އަހައިގެންނެެވެ.


ކިޔުންތެރިންގެ ހިޔާލު


2

ހޭލާ

27-Dec-2023

ކޮންމެ ބަޔަކުވެސް ވެރިކަމަށް އަންނަން ކިޔަނީ އެކައްޗެއް ގައުމު ބަނގުރޫޓްވެ ދަރަނި އެތަކެއް ސަތޭކަ ބިލިޔަނަކަށް އެރިވާހަކަ, ވެރިކަމަށް އާދެވުމުން އިތުރުކުރަނީ އެތައް އިސްރާފުތަކެއް ބައި އަޅާގެން ނަގާހުސްކުރަނީ ދައުލަތުގެ ބައިތުލްމާލު. ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް ކުރަނީ ހަމައެއްކަމެއް. އެއީ ހަލާލެއް ހަރާމެއް ނުބަލާ އަތުޖެހުނު ގޮތަކަށް ނެގުން.



ޓްރެންޑިން