އެމްޑީޕީގެ މެޖޯރިޓީގެ ނިންމުމާއެކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ އެއްލައްކަ ރުފިޔާއަށް ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ފާސްކުރުމުން އާންމުންގެ ގިނަ ބަޔެއްގެ ފާޑުކިޔުން މަޖިލިހަށް އަމާޒުވެއްޖެއެެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މުސާރައަކީ މިހާރު 62،500ރ. އެވެ. އަދި ކޮމިޓީތަކުގެ ބައްދަލުވުންތަކަށް ވަޑައިގަންނަވާ މެމްބަރުންނަށް 20،000ރ. ގެ އިނާޔަތެއް ލިބިވަޑައިގަންގަވައެވެ. އެގޮތުން ކޮމެޓީ އެލަވަންސާއެކު މެމްބަރުންނަށް މިހާރުވެސް 82500 ރުފިޔާގެ މުސާރަ އެއް ލިބިވަޑައިގަންނަަވައެވެ.

މިއަދު ކުރިއަށްދިޔަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އިއްތިފާގުން މެމްބަރުންގެ މުސާރަ 80،000ރ. އަށް ބޮޑުކުރަން ވަނީ ނިންމާފައެވެ. މި ބަދަލާއެކު މެމްބަރުންނަށް ކުރިއެކޭ އެއްގޮތަށް ކޮމިޓީ އެލަވަންސް ވެސް ލިބިވަޑައިގަންނަވާއިރު ކޮމިޓީ އެލަވަންސަށް ދޭ 20،000ރ. ހިމަނައިގެން މެމްބަރެއްގެ މުސާރައިގެ ގޮތުގައި އެއް ލައްކަ ރުފިޔާ މުސާރަ އެެއް ޖެހެއެވެ.

މި ނިންމުމާއި އެކު އާންމުންގެ ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ މަޖިލީހުގެ މެމްބަރުންނަށް އަމާޒުވެފައެވެ. އެގޮތުން އިގްތިސާދީ ދަތި ހާލަތެއްގައި ގައުމު އޮއްވައި މިހާ ބޮޑު މުސާރަ އެއް މަޖިލީހުގެ މެމްބަރުން ނަންގަވަން އުޅުއްވާތީ ގިނަ ބަޔަކު ވަނީ މަޖިލީހުގެ މެމްބަރުންނަށް ފާޑުކިޔާފައެވެ. އަދި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިން ދެކޮޅު ނުޖެހިގެން އުޅޭއިރު ބޮޑު މުސާރަ އެއް ދައުލަތުގެ ވެެރިންނާއި މެމްބަރުން ނެންގެވުމަކީ އިންސާފެއް ނޫން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު


4

ޚާޝަމް

16-Jan-2024

ދީނަށް ގައްދާރު ބައެއް



ޓްރެންޑިން