ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކޮށް މެންބަރުންގެ އަދަދު މަދުކުރަން ޖެހޭކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ގެ ރައީސް އަހުމަދު ފާރިޝް މައުމޫން ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މެމްބަރުންގެ މުސާރަ އެއް ލައްކަ ރުފިޔާއަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ. މި ނިންމުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން މަޖިލީހާއި، މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީއަށް ވަނީ އަމާޒުވެފައެެވެ.

އެމްއާރުއެމްގެ ރައީސް ފާރިޝް މައުމޫން މިރޭ ވިދާޅުވީ، މަޖިލިސް މެމްބަރުންނާއި ދައުލަތުގެ އިސް ވެރިންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމުން އިތުރަށް އެނގި ސާފުވެގެންދަނީ އެމްޑީޕީ ވިޔަސް ޕީޕީއެމް-ޕީއެންސީ ވިޔަސް، ބޮޑެތި ޕާޓީތަކުން އަމަލު ކުރަނީ ހަމަ އެއްގޮތަކަށް ކަމަށެވެ.

އެގޮތުން ސިޔާސީ ލީޑަރުން ވޯޓު ހޯދުމުގެ ބޭނުމުގައި ރައްޔިތުންނަށް އޮޅުވާލަނީކަމަށް ފާރިޝް ވިދާޅުވި އެވެ.  އެހެންކަމުން އެ ނިޒާމު ބަދަލުކުރުމަށް އާ ވިސްނުމެއްގެ މީހުން މަޖިލީހަށް ހޮވަން ޖެހޭކަމަށް ފާރިޝް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ ރާއްޖޭގެ އާބާދީގެ ނިސްބަތުން މަޖިލީހުގެ މެންބަރުންގެ އަދަދު މިހާރަށް ވުރެ މަދުކުރަން ޖެހޭ ކަމަށާއި މަޖިލިސް މެމްބަރުންގެ މުސާރަ ވެސް ކުޑަކުރަންޖެހޭ ކަމަށެވެ. އަދި މެމްބަރުންގެ މުސާރަ އަކީ މަޖިލީހުން ކަނޑައަޅާ އެއްޗަކަށް ނުވާނެ ގޮތް ހަމަޖައްސަންޖެހޭ ކަމަށްވެސް ފާރިސް ވިދާޅުވި އެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީން ވަނީ މެންބަރުންނަށް 80،000 ރުފިޔާ މުސާރައިގެ ގޮތުގައި ދޭން ފާސްކޮށްފަ އެވެ. އަދި ކޮމިޓީ އެލަވަންސްގެ ގޮތުގައި މެންބަރުންނަށް ދޭ 20،000 ރުފިޔާ އާއިއެކު މަހަކު 100،000 ރުފިޔާ މުސާރަ ކޮންމެ މެމްބަރަކަށް ވެސް ލިބިވަޑައިގަންނަވާނެއެެވެ.

ރައީސާއި ނާއިބް ރައީސާއި ވަޒީރުންގެ މުސާރަތަކާއި ދައުލަތުގެ އެހެން މުވައްސަސާތަކުގެ ވެރިންގެ މުސާރަ ވެސް ބޮޑުކުރަން ނިންމި ނިއްމުމާއެކު އެބޭފުޅުންގެ މުސާރައަށް 90 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުވާނެއެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން