މުސާރައަށް ބޮޑުކުރި ބައި، ކުޑަކުދިންގެ ހިޔާ ފަދަ އިޖުތިމާއީ ފަންޑަކަށް ހަދިޔާކުރައްވާނީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެެ.

ރައީސުލްޖުމުހޫރިއްޔާގެ މުސާރަ ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އިއްޔެ ވަނީ ފާސްކޮށްފައެވެ. އެކަމާ ގުޅިގެން "އެކްސްގައި" ކުރެއްވި ޕޯސްޓުގައި ރައީސް މުޢިއްޒު ވިދާޅުވީ ރައީސާއި ނައިބު ރައީސް އަދި ވަޒީރުންގެ މުސާރަ ބޮޑުކުރަން ސަރުކާރުން ބޭނުން ނުވާ ކަމަށެވެ. އަދި މުސާރަ ބޮޑުކުރަން ސަރުކާރުން އެދިފައިނުވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ގެނައި ބަދަލުގެ ސަބަބުން ލިބޭ މުސާރައިގެ ކުރިއެރުން، ކުޑަކުދިންގެ ހިޔާ ފަދަ އިޖުތިމާއީ ފަންޑަކަށް ހަދިޔާކުރައްވަން އެ ބޭފުޅުން ނިންމަވާފައިވާ ކަމަށެވެ.

ރައީސުލްޖުމުހޫރިއްޔާއަށް މުސާރައިގެ ގޮތުގައި މިހާރު ލިބިވަޑައިގަންނަވަނީ އެއްލައްކަ ރުފިޔާ އެެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަސާސީ މުސާރަ 120،000ރ. އަށް ބޮޑު ކުރުމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އަސާސީ މުސާރަ 93،000ރ. އަށް ބޮޑު ކުރުމަށް ފާސްކޮށްފައެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ 74،000ރ. އަށް ބޮޑުކުރުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ. މުސާރައާއި އެލަވަންސްތަކުގެ ގޮތުގައި ވަޒީރުންނަށް މަހަކު މިހާރު ލިބިވަޑައިގަންނަވަނީ 66،000ރ. އެވެ.

މާލިއްޔަތު ކޮމެޓީން މުސާރަތަށް ބޮޑުކުރަން ފާސްކުރުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން މަޖިލީހާއި، މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީއަށް ވަނީ އަމާޒުވެފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން