ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމާ ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި އޮތް މިބައްދަލުވުމާއި ބެހޭގޮތުން ނަން ހާމަ ކުރަން ބޭނުން ނުވާ މަސްދަރަކުން "ރަސް އޮންލައިން" އަށް މަޢުލޫމާތު ދިން ގޮތުގައި ގާސިމް މިއަދުގެ ވަގުތެއްގައި ރައީސް އޮފީހަށް ވަޑައިގަތީ ރައީސް މުޢިއްޒުގެ އެދިވަޑައިގަތުމުގެ މަތިންނެވެ. އެހެން ނަމަވެސް، އެއީ ކޮން ބޭނުމެއްގައިކަން އެނގިފައެއް ނުވެއެވެ.

މިކަމާއި ގުޅޭގޮތުން ޖޭޕީގެ ތަރުޖަމާނު ޢަލީ ޞާލިޙާއި ސުވާލުކުރުމުން އޭނާ ވިދާޅުވީ "ސިއްރުން މީހުންނާއި ބައްދަލުކުރައްވާނީ ރޭގަނޑު ގަޑީގައި. ދުވާލު ހާމަކަން ބޮޑު ގޮތެއްގައި ރައީސް އޮފީހަށް ވަޑައިގެން ސިއްރު ބައްދަލުވުމެއް ނުބާއްވާނެ" ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން