ހުޅުމާލޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް މާބަނޑު މީހަކު ކޯވިޑް-19އަށް ޕޮސިޓިވްވެއްޖެއެވެ.
މިމީހާ ޕޮޒިޓިވްވިކަން އެނގިފައިވަނީ މިއަދުއެވެ. ނަމަވެސް މި މީހާއަށް ބަލި ޖެހުނީ ހޮސްޕިޓަލްގައި އެޑްމިޓްކުރިފަހުންކަން ނުވަތަ ނޫންކަން މިހާތަނަށް އެނގިފައެއް ނުވެއެވެ. މިއީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ މީހަކު ކޯވިޑް19 އަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.
ކޯވިޑް19 އަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭންފެށިފަހުން ކޭސްތައް ފެންނަ މިންވަރު ދަނީ އިތުރުވަމުންނެވެ. ޚާއްސަކޮށް މީހުން ގިނައިން އެއްވާތަންތަނުންނާއި، އާންމު ޚިދުމަތްދޭ ތަންތަނުންވެސް ޕޮޒިޓިވްވާ މީހުންގެ އަދަދުދަނީ އިތުރުވަމުންނެވެ.
ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިހާރުވަނީ 3175އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން މިބަލިން ރަނގަޅުވެފައިވަނީ 70 މީހުންވެ. މިހާރު ބައްޔަށް ފަރުވާދެމުން އަންނަނީ 647 މީހަކަށެވެ. އޭގެތެރެއިން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ 57 މީހަކަށެވެ.
ކޯވިޑް-19އަށް ޓެސްޓްކުރުމަށް މިހާތަނަށް ރާއްޖޭގައި ވަނީ 70،845 ސާމްޕަލް ނަގާފައެވެ. މިހާތަނަށް މިބަލީގައި 15 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު