ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާއި ހަމައަށް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ވަނީ މިއަދު މެންދުރު 01:00 އިން މިރޭ 07:00 އާއި ހަމައަށް މި ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ. އެ އޮފީހުން ވަނީ މި ސަރަހައްދަށް ހުދު ސަމާލު ނެރެފައެވެ.

މިއަދު މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅަކަށްވެސް ވިއްސާރަވެ ގުގުރުން އެކަށީގެންވާތީ ކަނޑުމަތީގައި ހިނގާފާނެ ހާދިސާތަކަށް ސަމާލުވުމަށް ކަމާއި ބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން