ރާޔާ ރިޟާ   20 ޑިސެމްބަރު 2023 - 18:59
މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ޞިޔާމް މުޙައްމަދު، ސަން ސިޔާމާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެހެން ނަމަވެސް، އެ ބައްދަލުވުމުގެ ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.



ސިޔާމާއި ބައްދަލުކުރެއްވުމުގެ ކުރިން ރައީސް ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމާއި ވެސް ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުން ވެސް ކުރިއަށް ގެންދިޔައީ މިއަދުގެ ވަގުތެއްގައި ރައީސް އޮފީހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން