ފޮޓޯ: ޓްރާންސްޕޭރެންސީ މޯލްޑިވްސް
ފޮޓޯ: ޓްރާންސްޕޭރެންސީ މޯލްޑިވްސް
މިހާރު އިންޑިއާ، ނޭޕާލް އަދި ބަންގްލަދޭޝްއިން ރާއްޖެއަށް ލޭބަރުން ގެނެވޭނެ ކަމަށް ހޯމް މިނިސްޓަރ ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިންޑިއާއާއި ނޭޕާލުން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން އަލުން ގެނެވޭ ގޮތަށް މިއަދު އިޢުލާންކޮށްފައިވަނީ ހޯމް މިނިސްޓްރީން އިންތިޒާމުކުރި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ބަންގްލަދޭޝްގެ ލޭބަރުން އަލުން ރާއްޖެ ގެނެވޭ ގޮތް ހެދި ނަމަވެސް އެހެން ގައުމުތަކުން ރާއްޖެއަށް އަންސްކިލްޑް ލޭބަރުން ގެނައުން ވަގުތީ ގޮތުން މަޑުޖައްސާލާފައިވާކަމަށް ހޯމް މިނިސްޓްރީން މިދިޔަ އާދީއްތަ ދުވަހު ވަނީ ބުނެފައެވެ.

ރާއްޖެއަށް އެހެން ގައުމުތަކުގެ އަންސްކިލްޑް ލޭބަރުން ގެނައުމުގައި ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު މިއަދުން ފެށިގެން އިންޑިއާއާއި ނޭޕާލުން ރާއްޖެއަށް ލޭބަރުން ގެނެވޭ ގޮތަށް ބޯޑަރު ހުޅުވާލަން ނިންމާފައިވާކަމަށް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނު ވަނީ އިޢުލާންކުރައްވާފައެވެ. މި ތިން ގައުމުގެ އިތުރުން އެހެން ގައުމުތަކުންވެސް ލޭބަރުން ގެނައުމަށް މިނިސްޓްރީން މިހާރު އެސެސްމެންޓްތަކެއް ހަދަމުންދާ ކަމަށްވެސް މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން