ދެވަނަ ޓާމްގެ ކިޔެވުން ފެށެންވާއިރަށް މާލޭ ޖަލު ހުސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުން މިކަން އިޢުލާންކުރީ ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ އިދާރާތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކަމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު އާސިފު ވިދާޅުވީ މާލޭ ޖަލު ކައިރީގައި ދަރުމަވަންތަ ސްކޫލް ހުރުމުން އެކަމުގެ ނުބައި އަސަރު ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް ކުރަމުންދާ ކަމަށެވެ. އެހެންކަމުން މާފުށީ ޖަލުގައި އިތުރު ޖާގަ ހަދާ، އެ ޖަލަށް މާލޭ ޖަލުގައި ތިބި ގައިދީން ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުގެ އުއްމީދަކީ ދެވަނަ ޓާމުގެ ކިޔެވުން ފެށެން ވާއިރަށް، މާލޭ ޖަލު ހުސްކުރުމުގެ މަސައްކަތް ނިންމައިލުން، އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ފޯކަސްއެއް." އާސިފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު މާލޭ ޖަލުގައި ތިބި ގައިދީން އައްސޭރި ޖަލާއި މާފުށީ ޖަލަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން