މި ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރަން ނިންމާފައިވާކަން ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ހާމަކުރައްވައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މި ސަރުކާރަކީ މަރުގެ އަދަބު ތަންފީޒު ކުރަން ނިންމާފައިވާ ސަރުކާރެއް ކަމަށެވެ. އެގޮތުން މަރުގެ އަދަބު ތަންފީޒު ކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އަދި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ގާނޫނާ ގަވާއިދާ އެއްގޮތަށް އެކަން ކުރާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެކަމާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން އަދި ބަލަންޖެހޭ ކަންކަން ބަލާފައި ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާއި އިމުގެ ތެރޭގައި އެކަން އަޅުގަނޑުމެން ކުރާނަން،" އިހުސާން ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއް ތަންފީޒުކޮށްފައިވަނީ 1953 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގަ އެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި މަރުގެ އަދަބު ތަންފީޒުކުރަން ގަވާއިދެއް ހަދައި، ދަންޖައްސައިގެން ނުވަތަ ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދޭން ނިންމި ނަމަވެސް އެމަނިކުފާނުގެ ސަރުކާރު ނިމުނުއިރުވެސް ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކޮށްފައެއް ނުވެއެވެ.

ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓާފައިވާ ބައެއް މީހުން މިހާރުވެސް ރާއްޖޭގައި ތިބި ކަން ފާހަގަކުރެވެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން