ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައެއް ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުންތަކުގައި ރައީސް ވަނީ ރާއްޖޭގެ އެކި ޕާޓީތަކުގެ ސިޔާސީ ލީޑަރުންނާއި ވަކިވަކިން ބައްދަލުކުރައްވާފައެވެ. ރައީސް އޮފީހުން މިކަން ކަށަވަރު ކޮށްދިން ނަމަވެސް، މި ބައްދަލުވުންތަކާއި ގުޅޭ އެއްވެސް ތަފްސީލެއް އެ އޮފީހުން އަދި ހާމަކޮށްފައެއް ނުވެއެވެ.



މިއަދު ރައީސްއާއި އެންމެެ ފުރަތަމަ ބައްދަލުކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމެވެ. ގާސިމްއަށްފަހު ރައީސްއާއި ބައްދަލުކުރައްވާފައިވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓަލް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ސަން ސިޔާމެވެ.

މީގެއިތުރުން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމާ ވެސް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވަނީ ބަދަލުކުރައްވާފައެވެ. އެންމެ ފަހުން ރައީސްއާއި ބައްދަލުކުރެއްވީ ދަ ޑިމޮކްރެޓްސްގެ ރައީސް ޙަސަން ލަތީފާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން