ދައުލަތުގެ ބައެއް ވެރިންނާއި މުއައްސަސާތަކުގެ މެމްބަރުންގެ މުސާރަ ބޮޑު ކުރަން ނިންމީ ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ފޮނުއްވި ހުށަހެޅުމަކާއި ގުޅިގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ހާމަކޮށްފިއެވެ.

މާލިއްޔަތު ކޮމެޓީން މިކަން ހާމަކޮށްފައި މިވަނީ ދައުލަތުގެ ތިން ބާރުގެ ވެރިންނާއި، އޭގެ ދަށުން މަސައްކަތްކުރައްވާ ބޭފުޅުންގެ މުސާރަތައް ބޮޑުކުރަން ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

މާލިއްޔަތު ކޮމިޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މެމްބަރުން ވަނީ މުސާރަ ބޮޑުކުރުމުގެ ކަންކަން ހިނގައިދިޔަ ގޮތް ތަފްސީލް ކޮށްދެއްވާފައެވެ.

ކޮމިޓީގެ މެމްބަރުން ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގައި ހިމެނޭ މެމްބަރުންގެ މުސާރަ ބޮޑުކުރަން ރައީސް އޮފީހުން ހުށަހަޅާފައިވާކަމަށެވެ. އަދި ރައީސް އޮފީހުން ހުށަހެޅި ގޮތަށް ޕީސީބީގެ މުސާރަ ބޮޑުކުރާނަމަ، މިނިވަން މުއައްސަސާތަކުގެ މުސާރައަށް ވުރެ ޕީސީބީގެ މުސާރަ ބޮޑުވާނެކަމަށް ކޮމިޓީގެ މެމްބަރުން ފާހަގަކުރެއްވިއެވެ.

"ރައީސް އޮފީހުން ހުށަހެޅި ގޮތަށް ފާސްކުރިނަމަ ޕީސީބީގެ ބޯޑުގެ މެމްބަރުންގެ މުސާރަ މިނިވަން މުއައްސަސާތަކަށް ވުރެ އެތައް ގުނައެއް ބޮޑުވެގެންދާނެ." ކޮމިޓީގެ މެންބަރު ހުސައިން މުހައްމަދު ދީދީ ވިދާޅުވިއެވެ.

ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ވިދާޅުވީ ޖުޑީޝަރީ އާއި އެހެން މިނިވަން މުއައްސަސާތަކުންވެސް އެ ބޭފުޅުންގެ މުސާރަތައް ބޮޑުކުރަން ހުށަހަޅާފައިވާކަމަށެވެ. އަދި ވަކި ބައެއްގެ މުސާރަ ބޮޑުކޮށްފައި، ދެން ތިއްބެވި ފަރާތްތަކުގެ މުސާރަ ބޮޑު ނުކުރާނަމަ ދައުލަތުގެ ތެރޭގައި ހަމައެއް ނޯންނާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހުސައިން ވިދާޅުވީ ދައުލަތުގެ މުސާރައިގެ އޮނިގަނޑެއް އޮންނަކަމަށާއި، މުސާރަތައް ބޮޑު ކޮށްފައިވަނީ އެއް ހަމައަކުންކަމަށެވެ. އަދި އެ ނޫން ހަމައަކުން އެކަން ކުރުމަކީ ދެކޮޅު ޖެހޭ ކަމެއްް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހުސައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހުރިއްޔާގެ ނައިބުގެ މުސާރަ ބޮޑު ކުރަނީ އެ ބޭފުޅުން ހުށަހަޅައިގެން ނޫންކަމަށެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާއެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމިޓީގެ ނައިބު މުގައްރިރު ޔައުގޫބް އަބްދުﷲ ވިދާޅުވީ ސަރުކާރު ހިންގާ ޕީޕީއެމް ޕީއެންސީގެ ޕީޖީ ލީޑަރުވެސް މުސާރަތައް ބޮޑުކުރަން ތާއީދުކުރެއްްވިކަމަށެވެ. އަދި އެއްވެސް ޕާޓީއަކުން މިކަމާއި ދެކޮޅަށް ވާހަކަ ދައްކާފައި ނުވާކަމަށްވެސް ޔައުގޫބް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


1

އާސަ

27-Dec-2023

އަމިއްލަ ޱފައިފާއަށް ދެކޮޅުހަދާނެތަޱ



ޓްރެންޑިން