ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ފަޅުތެރޭގައި ހުރި އުޅަނދުތައް ނެގުމަށް އަރބަންކޯއިން އަންގައިފިއެވެ.

އަރބަންކޯއިން މިގޮތަށް އެންގީ ހުޅުމާލެ 03 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގެ ދެވަނަފިޔަވަހީގެ މަސައްކަތް މިހަފްތާތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީއެވެ.

މިގޮތުން ހުސްކުރަންޖެހޭ ސަރަހައްދު އެކުލަވާލެވިފައިވާ ޗާޓަކުން ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ޗާޓުގެ ސްޓޭޖް 2، ސައިޓް ބީ ނުވަތަ ފެހި ކުލައިން ފާހަގަކުރެވިފައިވާ ސަރަހައްދުގެ އިތުރުން ރަތް ކުލައިން ފާހަގަ ކުރެވިފައިވާ ސަރަހައްދު ހުސް ކުރުމަށް އެކުންފުނިން ވަނީ އަންގާފައެވެ.



މިގޮތުން ނެގޭ އުޅަނދުތައް އެ ސަރަހައްދުގެ ބޭރުގައި އެޅުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް އަރބަންކޯއިން ބުންޏެވެ. އަދި މިކަމާއިގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ އަރބަންކޯގެ ހޮޓްލައިން 1516 އަށް ގުޅުމަށް އަރބަންކޯއިން އިރުޝާދު ދީފައި ވެއެވެ.

މި މަޝްރޫޢުއަކީ މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯދައިދިނުމަށް ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ. ސަރުކާރުން ހިންގާ ބިންހިއްކުމުގެ މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 3ގައި 63 ހެކްޓަރުގެ ބިން އިތުރުކުރުމަށްވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން