ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މި އަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާގެ މަގާމު ހާސިލްކުރީ ނެދަލެންޑްސްގެ ސްޓެފާން މަތިޖްސް ނަމަކަށް ކިޔާ މީހެކެވެ.

މިއީ އޭނާ ރާއްޖެއަށް ކުރި ފުރަތަމަ ދަތުރެވެ. އޭނާއާއެކު އަންހެނުންނާއި ދެ ދަރިންވެސް ރާއްޖެ އައެވެ.



މިއަހަރު ރާއްޖެ ޒިޔާރަތްކުރާނެކަމަށް ސަރުކާރުން ލަފާކުރީ 1.8 މިލިއަން ފަތުރުވެރިންނެވެ. އެހެންކަމުން އެ އަމާޒަށް ވާސިލުވުން ފާހަގަކުރަން ސަރުކާރުން ވަނީ އެއާރޕޯޓްގައި ހާއްސަ ހަރަކާތްތަކެއް ބާއްވާފައެވެ.

ރާއްޖެއަށް ޒިޔާރަތްކުރި 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް އެއަރޕޯޓުން މަރުހަބާ ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއެވެ. އަދި 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް ވަނީ އަންނަ އަހަރު ހިލްޓަން އަމީންގިރި ރިސޯޓުގައި ހަތަރު ދުވަހުގެ ޗުއްޓީއެއް ހޭދަކުރުމުގެ ފުރުސަތުވެސް ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން